ފްލައިމީއިން އައްޑޫ ފުވައްމުލަކު ދަތުުރު 999 ރުފިޔާއަށް

ފްލައިމީގެ ބޯޑެއް --- ފޮޓޯ: ވިލާއެއާ /ޓްވިޓަ

ވިލާ އެއާގެ ފްލައިމީ އިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ދަތުރުތައް ފަށަން ނިންމާފައިވާއިރު ދަތުރު ފެށުމުގެ ގޮތުން ކޮޅަކަށް 999 ރުފިޔާއަށް ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިމަހުގެ 15 އިން ފެށިގެން ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފަށާއިރު މާލެ- ފުވައްމުލައް - ގަން - މާލެ ދަތުރުތައް އޮންނާނީ ހޮނިހިރު އަދި ބުދަ ދުވަހުއެވެ. މާލެ- ގަން-ފުވައްމުލައް- މާލެ ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހުރު ދުވަހުއެވެ.

ފްލައިމީ އިން ބުނީ ދެކުނު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު 999 ރުފިޔާއަށް ޓިކެޓް ވިއްކަނީ އާލީ ބާޑް ފެއާގެ ގޮތުގައި ކަމަށެވެ.

އެ އެއާލައިނުގެ ވެބްސައިޓާއި ކޯލްސެންޓާ އަދި ވައިބާ މެދުވެރިކޮށްވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.

ފްލައިމީ އިން މިވަގުތު އުދުހެނީ ބ. ދަރަވަންދޫ އެއާޕޯޓަށާއި އދ. މާމިގިލި އެއާޕޯޓަށެވެ.

ފްލައިމީއިން ޑޮމެސްޓިކް ދަތުރުތައް ފެށިތާ ހަތް އަހަރު ވެއްޖެއެވެ.

comment ކޮމެންޓް