ސާއިދުއާއެކު ޝީޝާއިން ހޮންޑާގެ ވޭވް 125i ގެ އާ މޮޑެލް ލޯންޗުކޮށްފި

ހޮންޑާ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝީޝާއިން ބްރޭންޑު އެމްބެސެޑަރެއް ހަމަޖައްސައި، ހޮންޑާގެ ވޭވް 125އައި ގެ އާ މޮޑެލެއްގެ ސައިކަލެއް މިއަދު ލޯންޗުކޮށްފިއެވެ.

މިއަދު ހެނދުނު ޝީޝާ ޝޯރޫމްގައި އޮތް މި ރައްސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ހަސަން ސާއިދު ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބަސަޑަރަކަށް ހަމަޖައްސާފައެވެ. ބްރޭންޑް އެމްބެސެޑަރެއްގެ އެގްރީމެންޓްގައި ވަނީ ސޮއިކޮށްފައެވެ.

ހޮންޑާ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި އެގްރީމެންޓްގައި ޝީޝާގެ ފަރާތުން ސޮއިކުރެއްވީ ޝީޝާގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ.

ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސުމަށްފަހު، ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިންގް މެނޭޖަރ ޖުމާން ވިދާޅުވީ، އެ ކުންފުނީގެ އެންމެ ފުރަތަމަ ބްރޭންޑް އެމްބަސަޑަރު ސާއިދަކީ ކުޅިވަރުގެ ދައިރާއިން މިވަގުތު ހުރި ރާއްޖެއަށް ވަރަށް ގިނަ މެޑަލްތަކެއް ހޯދާދީފައިވާ، އަހްލާގު ރަނގަޅު އެތްލީޓެއް ކަމަށާއި ޝީޝާގެ ފަރާތުން ސާއިދުއަށް އެ ކުންފުނިން ދެވެން ހުރި ސަޕޯޓެއް ދޭނެކަމަށެވެ.

ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސުމަށް ފަހު އޭނާ ވަނީ ހޮންޑާގެ ވޭވް 125އައިގެ އާ މޮޑެލް ލޯންޗްކޮށްފައެވެ. އަދި ޝީޝާއިން ވަނީ މި އާ މޮޑެލްގެ ސައިކަލެއް ސާއިދަށް ހަދިޔާކޮށްފައެވެ.

ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިންގް މެނޭޖަރ ފާތިމަތު ޖުމާން --ފިއުލް އިންޖެކްޓަރު އަދި އިންޖީނުވެސް ވަނީ ބަދަލުތަކެއް ގެނެސްފައިވާ ވޭވް 125އައިގެ އާ މޮޑެލްއަކީ މިހާތަނަށް ހޮންޑާއިން ނެރުނު، އެންމެ ރަނގަޅު ޕެޓްރޯލް ހަރަދު ކުޑަ ސައިކަލު ކަމަށް ޝީޝާއިން މައުލޫމަތު ދެއެވެ.

އެ ކުންފުނީގެ އެހެން ސައިކަލުތަކޭ އެއްގޮތަށް މި ސައިކަލުވެސް އިންސްޓޯލްމަންޓަށް ދޫކުރާނެއެވެ. ޑައުންޕޭމަންޓް އަގަކީ ސައިކަލުގެ އަގުގެ މަދުވެގެން ދިހަ ޕަސެންޓް، އަދި އިންސްޓޯލްމަންޓްގެ އަގަކީ 1.5 ޕަސަންޓެވެ. އެންމެ ދިގު މުއްދަތަކަށް 36 މަސްދުވަހަށް ބަހާލައިގެން އެހެން ސައިކަލުތަކޭ އެއްގަތަށް މި ސައިކަލުވެސް ދޫކުރާނެ ކަމަށް ޝީޝާއިން މައުލޫމަތު ދެއެވެ.

ހޮންޑާ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓު ސާއިދަކީ މި ވަގުތު ރާއްޖޭގެ ހުރި އެންމެ ބާރު ދުވުންތެރިޔާއެވެ. ސާއިދު ދުވުމުގެ ރިކޯޑަކީ 100 މީޓަރުގެ ގައުމީ ރިކޯޑަކީ 10.33 ސިކުންތެވެ.

ސާއިދު ވަނީ ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖެއަށް ރީތި ނަން ހޯދައި، އެތައް މުބާރާތްތަކުން ވަނަ ހޯދައިފައެވެ. އެގޮތުން 2015 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުގެ ދުވުމުގެ އިވެންޓުން އޭނާ ރަން މެޑަލް ހޯދިއެވެ.

comment ކޮމެންޓް