ސަރަހައްދުގެ ލީޑިން ބުޓީކް ހޮޓެލް ބްރޭންޑަކަށް އަނެއްކާވެސް ކޮކޯ

ކޮކޯ ކަލެކްޝަންގެ ރިސޯޓެއް

އިންޑިއަން އޯޝަން ލީޑިން ބުޓީކް ހޮޓެލް ބްރޭންޑަކަށް ކޮކޯ ކަލެކްޝަން ހޮވިއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކަން އަދި އިންޑިއަން އޯޝަން ގާލާގައި ކޮކޯއަށް މި އެވޯޑު ލިބިފައިވާއިރު މިދިޔަ އަހަރުވެސް ކޮކޯ އިން ވަނީ އެ މަގާމ ހޯދައިފައެވެ.

ކޮކޯ ކަލެކްޝަން ބްރޭންޑުގެ ދަށުން ތިން ރިސޯޓެއް ހިންގައެވެ. އެއީ ކޮކޯ ބޮޑު ހިތި، ކޮކޯ ޕާމް ދުނި އަދި ކޮކޯ ޕްރައިވް އެވެ.

މި އެވޯޑަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ދާއިރާއެއްގެ މަސައްކަތުގެ އަގުވަޒަންކޮށް 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް އޮންނާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ޕޯޗުގަލް ގައެވެ.

ގްރޭންޑް ފައިނަލްގެ އިތުރުން ކޮންމެ އަހަރުަކުވެސް މި އެވޯޑުގެ ދަށުން ރީޖަނަލް ގާލާ ބާއްވައި އެކި ދާއިރާތަކުން އެވޯޑު ދެއެވެ. އިިންޑިއަން އޯޝަން އެންޑް އެފްރިކާ ސަރަހައްދުގެ ގާލާ ބާއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހު ސައުތު އެފްރިކާގައެވެ.

comment ކޮމެންޓް