މެމްބަރު އިލްހާމްގެ ގޮނޑިވެސް ނުގެއްލޭކަމަށް ހުކުމްކޮށްފި

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އެ ޕާޓީން ވަކިވުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސްއިން ކަނޑައެޅި އިލްހާމްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކުރީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އެ ޕާޓީން ވަކިވުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސްއިން ކަނޑައެޅި އިލްހާމްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެގޮތުން މިއަދު އިއްވި ހުކުމުގައި ވަނީ، އިލްހާމް ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ކަން ދެ ފަރާތުގެ ވާހަކަތަކުން އެނގެން އޮންނަ ކަމަށާއި އަދި ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މެންބަރަކު ޕާޓީން ވަކިވާން ސިޓީ ފޮނުވާ ހިސާބުން އެ މެންބަރަކު ޕާޓީން ވަކިވާނެ ކަން ބުނެފައިވާ ކަމަށެވެ.

މަޖިލީހަށް އިންތިހާބްވާ ޕާޓީން އެ މެންބަރަކު ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނީ ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ގާނޫނު ފިޔަވަޅު ނޭޅޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

comment ކޮމެންޓް