ނާއިބު ރަޝާދު ސްކޮލަޝިޕްގެ ނަމުގައި އެވިޑުން 45 ސްކޮލަޝިޕެއް ހުޅުވާލައިފި

މަޖީދީމަގުގައި ހުންނަ އެވިޑް ކޮލެޖުގެ މައި ކެމްޕަސް --- ފޮޓޯ/ އެވިޑް ކޮލެޖް

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑު ކޮލެޖުން "ނާއިބު ރަޝާދު ސްކޮލަޝިޕް" ގެ ނަމުގައި 45 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ނައިބް ރަޝާދު ސްކޮލާޝިޕް" ނަމުގައި ފައުންޑޭޝަން ސްޓަޑީސްގެ ކުދިންނަށް ހާއްސަކޮށް ދޭން ފަށާ އެ ސްކޮލާޝިޕްއަކީ އެވިޑް ކޮލެޖުގެ ޗެއާމަންގެ އަބްދުﷲ މުޝްތާގް ގެ ބައްޕަ މުހައްމަދު ރަޝާދު ހުވަދު އަތޮޅަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ ކޮލެޖުގެ ޗެއާމަންގެ މަންމަ ފާތިމަތު ނާސިރާ ހުޅުވާލަދެއްވި ފުރުސަތެކެވެ.

އަންނަ ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ފަށާ ފައުންޑޭޝަން ސްޓަޑީސްގެ ކޯސްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައި ވަނީ 45 ފުރުސަތެވެ. އޭގެ ތެރެއިން 30 ސެކޮލާޝިޕެއް މާލެ އަށް ހާއްސަކޮށްފައިވާއިރު، ބާކީ ހުރި 15 ސްކޮލާޝިޕަކީ ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖުގައި ކެމްޕަސްގައި ފަށާ ފައުންޑޭޝަން ކޯސްތަކަށް ހާއްސަ ސްކޮލާޝިޕް ފުރުސަތުތަކެކެވެ.

އެވިޑުގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ހުޅުވާލައިފައިވާއިރު އެވިޑުން ބުނީ އެ ސްކޮލާޝިޕްގެ ފުރުސަތުތައް ދޭނީ އެންމެ ފުރަތަމަ ކުރިމަތިލާ ފަރާތްތަކަށް ކަމަށެވެ.

އަދި އެ ކޯސްތަކަށް ކުރިމަތިލުމަށް ހާއްސަ ފޯމަކާއި، ކުރިމަތިލާން ބޭނުންވާ ކޯހަށް ހާއްސަ ފޯމް ހުށަހަޅަން ޖެހޭނެކަމަށްވެސް އެވިޑުން ބުންޏެވެ. އަދި ބުނީ އެ ކޯސްތަށް ހަމަޖެހޭ ދަރިވަރުންނަށް އެކަން އަންގާނެ ކަމަށެވެ.

ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު މި ލިންކު އިން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް