އުމުރުން 39 އަހަރުގެ މި އަންހެންމީހާގެ 44 ދަރިން

މަރިޔަމް އެނާގެ ބައެއް ކުދިންނާއެކު ---

ޔޫގެންޑާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މަރިޔަމް ނަބާތަންޒީ އަކީ 44 ކުދިންގެ މަންމައެކެވެ. އޭނާއަށް މުހާތަބު ކުރަނީ ޔޫގެންޑާގެ އެންމެ "ފާޓައިލް" އަންހެނާގެ ނަމުންނެވެ.

އުމުރުން 13 އަހަރުގައި މަރިޔަމްގެ މައިންބަފައިން އޭނާ ވިއްކާލީ 27 އަހަރުގގެ ދޮށީ މީހަކަށެވެ. އެ މުއާމަލާތަށް އެމީހުންދިނީ ކައިވެނީގެ ނަމެވެ. އެވީ ކީއްކަން އޭނާއަށް އެނގުނީ "ފިރިމީހާގެ" ގޭގެ ޒިންމާތައް އުފުލަން ޖެހުމުންނެވެ.

މި "ކައިވެންޏަށް" އަހަރެއް ވީއިރު މަރިޔަމް އިނީ ބަލިވެއެވެ. އެފަހަރު އޭނާ ވިހެއީ އެއްމާބަނޑު ދެ ކުދިންނެވެ. ޖެހިގެން އައި އަހަރު ތިން ކުދިން އަދި އޭގެ އަނެއް އަހަރު އެއްމާބަނޑު ހަތަރު ކުދިން ލިބުނެވެ.

މަރިޔަމް އެނާގެ ބައެއް ކުދިންނާއެކު ---

ފުރާވަރު އުމުރުގައި އަށް ކުދިންގެ މަންމައަކަށްވި މަރިޔަމް ބުނެފައިވަނީ އޭނާ އަބަދުވެސް ބޭނުންވީ ހަ ކުދިން ކަމަށެވެ. 23 ކުދިން ލިބުމުން ދެން މާބަނޑުނުވާގޮތް ހަދައިދިނުމަށް ހޮސްޕިޓަލުގައި އެދުނު ކަމަށާއި ނަމަވެސް އެކަން ކޮށްދިނުމަށް ހޮސްޕިޓަލުން ދެކޮޅުހެދިކަމަށް މަރިޔަމް ބުނެފައިވެއެވެ.

"ހޮސްޕިޓަލުން ބުނީ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އަހަރެންގެ ފުރާނައަށް ނުރައްކާ ވެދާނެޔޭ،"

މަރިޔަމް ބުނީ އޭނާގެ ފިރިމީހާ އަކީ އެހެން އަންހެނުންނާ ގުޅުން ބާއްވާ މީހެއް ކަމަށާއި އެމީހުންނަށް ދަރިންވެސް ލިބިފައިވާ ކަމަށެވެ. "ފިިރމީހާގެ އަޅާލުމެއް އަހަންނަކަށް ނުލިބޭ. އޭނާ އަހަންނަށް ވަރަށް އަނިޔާ ކުރާނެ. އޭނާ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނަސް އަހަންނަށް އަނިޔާކުރޭ،"

މަރިޔަމް އޭނާގެ ބައެއް ކުދިންނާއެކު ---

މަރިޔަމްއަށް 44 ކުދިން ލިބުނުއިރު ހަ ފަހަރު އޭނާ ވަނީ އެއްމާބަނޑު ހަ ކުދިން ވިހައިފައެވެ. އަދި ހަތަރު ފަހަރަކު އެއްމާބަނޑު ތިން ކުދިން، އެއްމާބަނޑު ހަތަރު ކުދިން ތިން ފަހަރެއްގެ މަތިން އޭނާ އަށް ލިބުނެވެ. އެއްކުއްޖަކު ވިހެއީ އެންމެ ދެފަހަރުއެވެ. 44 ކުދިން ލިބުނުއިރު ހަކުދިން މަރުވި ކަމަށާއި ގިނަ ދަރިން ލިބުމަކީ ނިއުމަތެއްކަމަށް ގަބޫލުކުރާ ކަމަށް މަރިޔަމް ބުންޏެވެ.

"ހަމައެކަނި ދެރަވާ ކަމަކީ އެ ކުދިން ބޮޑުވަނީ ބައްޕައެއްގެ ލޯބި ނުލިބި ކަމަށްވާތީ. ބައެއް ފަހަރު މަހެއް އަނެއްބައިފަހަރު އަހަރެއް ވަންދެންވެސް އެކުދިންގެ ބައްޕަ ނުފެނި ހިނގައިދާނެ،"

ބައްޕަ އެކުދިންނަށް ކޮށްދިން ކަމަކީ ހަމައެކަނި ކުދިންނަށް ނަން ކިޔުން ކަމަށައި ބައެއް ފަހަރު އެކަން ކޮށްފައި ހުރީ ފޯނު ކޮށްގެން ކަމަށް މަރިޔަމް ބުންޏެވެ. މަރިޔަމްގެ އެންމެ ދޮށީ ދަރިފުޅަށް މިހާރު 23 އަހަރު ވެފައިވާއިރު އެންމެ ފަހުން ބައްޕަ ފެނުނީ 13 އަހަރުގައި ކަމަށް އެ ކުއްޖާ ބުންޏެވެ.

އެއްވެސް ޝަކުވާއެއް ނެތި މަރިޔަމްގެ ވަގުތު ހޭދަކުރަނީ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ދިނުމަށެވެ. އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކާންދިނުން ކަމަށާއި ކޮންމެ ދުވަހެއްގެ ކެއުމަށް 10 ކިލޯގެ ޒުވާރި ފުށާއި 7 ކިލޯގެ ބީންސް އަދި ހަތަރު ކިލޯ ހަކުރު ބޭނުންވާކަމަށް މަރިޔަމް ބުންޏެވެ.

މަރިޔަމް އެނާގެ ބައެއް ކުދިންނާއެކު ---

މަރިޔަމްގެ ހުރިހާ ކުދިންނަށްވެސް ރަނގަޅު ތައުލީމެއް ދޭން އޭނާ މަސައްކަތް ކުރެއެވެ. އޭނާގެ އެން،މެ ދޮށީ ދެ ކުދިންނަކީ މިހާރު ނަރުހުންނެވެ. އަނެއްކުއްޖަކީ މޮޅު ކޮންސްޓްރަކްޝަން ވޯކަރެކެވެ.

"އަހަރެން ބޭނުންވޭ އަހަރެންނަށް ހާސިލް ނުވި ހުވަފެންތައް އަހަރެންގެ ދަރިން ހާސިލު ކުރަން،"

ދަރިންނަށް ހަރަދު ކުރުމަށް އޭނާ ގިނަ މަސައްކަތް ކުރެއެވެ. އެގޮތުން ކޭކު ވިއްކުމާއި ފަތްޕިލާވެލީގެ ބޭސް ވިއްކުން، ޕާޓީތަކަށް މޭކަޕުކޮށްދީ ތައްޔާރުކޮށްދިނުން ފަދަ މަސައްކަތްތައް އޭނާ ކުރެއެވެ.

މަސްދަރު: އާރްޓީ

comment ކޮމެންޓް