ހަފްތާ އަކު އެއްފަހަރު ރޮއިލާ! ސްޓްރެސްއާ ދުރުވާނެ!

ސްޓްރެސް ފްރީ ދިރިއުޅުމެއް އުޅެން ބޫނުން ނުވާނީ ކާކު ހެއްޔެވެ؟ ބޭކާރު ފިކުރުތަކާ ހޮޔާލުތަކުން ބޯ ހާސްނުވެ ދިރިއުޅުމެއް އުޅެން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. އެކަމަކު، ދުނިޔޭގެ އާދަ ހުރިގޮތުން ކޮންމެ މީހަކަށް ވެސް ވިސްނަން ޖެހޭ، ބޯހާސްކުރުވާ ކަންތަކާ ކުރިމަތިވެ އެވެ.

ގިނަ މީހުން ބޯހާސްވުން ކުޑަކުރުމަށް ނޫނީ ސްޓްރެސް ކަނޑުވާލަން ކޮށް އުޅޭ ކަނތަކަކީ ރައްޓެހިންނާ އެކު ވަގުތު ހޭދަކުރުން ނޫނީ ކޮފީއަކަށް ދިޔުން ނޫނީ ނިދާލުން ފަދަ ކަމެކެވެ. ހާއްސަކޮށް ހިތްހަމަ ޖެހޭ މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭތޯ ބަލަ އެވެ.

ނަމަވެސް ޖަޕާނުގެ ރިސާޗަރުންތަކެއް ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ހުނުމަށް ވުރެ ރުއިމުން ސްޓްރެސް ދަށްކުރާ މިންވަރު އިތުރުކަމަށެވެ. އެގައުމުގެ ކުރީގެ ހައިސްކޫލު ޓީޗަރެއްކަމަށްވާ ހައިޑްފުމީ މިހާކު ކުރާ މަސައްކަތަކީ ރުއިމުން ލިބޭ ސައިކޮލަޖިކަލް ފައިދާތައް ކިޔައިދިނުމަށް ވޯކްޝޮޕްތައް ހިންގުމެވެ.

"ރުއިމަކީ ހުނުމާއި ނިދުމަށް ވުރެ އަވަހަށް ސްޓްރެސް ކުޑަކޮށްދޭކަމެއް. ހަފްތާ އަކު އެއްފަހަރު ރޮއިލާ ނަމަވެސް ސްޓްރެސް ވަރަށް ބޮޑުތަން ކުޑަވާނެ،" އޭނާ ބުނެފައިވެ އެވެ.

އޭނާ ވަނީ ޓޯކިޔޯ ޔުނިވާސިޓީގެ މެޑިކަލް ލެކްޗަރާ އަކާ ގުޅިގެން ރުއިމުން ލިބޭ ނަފްސާނީ ހިތްހަމަޖެހުމާ ގުޅޭ ދިރާސާއެއް ވެސް ހަދައިފަ އެވެ. މި ކަމާ ގުޅޭ ވޯކްޝޮޕްތައް ހިންގައިދިނުމަށް އެދި ސްކޫލުތަކާއި ކޮލެޖުތަކުން ވަރަށް ގިނައިން އެދޭ ކަމަށް ހައިޑްފުމީ ބުންޏެވެ. -- ޖަޕާން ޓައިމްސް

comment ކޮމެންޓް