ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނާގުޅޭ އާ ވާހަކަތަކެއް

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނުގެ ސާމްޕަލް އެއް ---

އަންނަ އަހަރުގެ ކުރީކޮޅު ނެރޭން ނިންމާފައިވާ ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނު ސެމްސަންގު ގެލެކްސީ އެސް10 އާ ގުޅޭ އާ މައުލޫމާތުތަކެއް އާންމުކޮށްފިއެވެ.

މި ފޯނުގައި އޯލެޑް ކާވްޑް ޑިސްޕްލޭއެއް ހިމަނާއިރު ފިންގާޕްރިންޓް ސްކޭނަރު ހިމަނާނީ ސްކްރީނު ތެރޭގައެވެ. މީގެ އިތުރުން ފޯނުގައި ބެކް ކެމެރާގެ ގޮތުގައި ތިން ކެމެރާ ހިމަނާފައިވެއެވެ. ސެލްފީ ކެމެރާ ވެސް ހިމަނާފައިވަނީ މާބޮޑަށް ފާހަގަ ނުވާނެ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފޯނުގެ ހެޑްފޯނު ޖެކާ ގުޅޭގޮތުން ސީދާ ވަކިއެއްޗެއް ބުނާން އަދި ނޭނގޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެސް10 އާއި އެސް10 ޕްލަސްގެ އިތުރުން މި މޮޑެލްގެ ތަންކޮޅެއް އަގުހެޔޮފޯނެއްވެސް ސެމްސަންގުން ނެރޭނެއެވެ. މި ފޯނުގެ ފިންގާ ޕްރިންޓް ސްކޭނަރު ސްކްރީން ތެރޭގައި ހިމަނާފައި ނުވާނެކަމަށާއި ކާވްޑް ޑިސްޕްލޭއެއްވެސް ހިމަނާފައި ނުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސް10 އަކީ 5ޖީ ޓެކްނޮލަޖީ ސަޕޯޓުކުރާ ފޯނެއްކަމެއްވެސް އަދި ނޭނގެއެވެ. އަންނަ އަހަރަށް ނެރެން ނިންމާފައިވާ ފޯނުތަކަކީ 5ޖީ ސަޕޯޓުކުރާ ފޯނުތަކެކެވެ.

މި ފޯނަކީ ހުޅުވާލުމުން ޓެބްލެޓެއްގެ ގޮތުގައި އަދި ލައްޕާލުމުން ފޯނެއްގެ ގޮތުގައި ބޭނުންކުރެވޭ ފޯނެކެވެ.

comment ކޮމެންޓް