ސީލައިފްގެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށް

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރުމަށް ނިްނމި ހައުސިންގް ޔުނިޓްތަކުގެ މޮޑެލް އެއް ---

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ފައިސާ އަނބުރާ ދީފައި ނުވާތީ އެ ފައިސާ ހޯދުމަށް މައްސަލަ ހުށަހަޅައިފިއެވެ.

ސީލައިފް އިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި 50،000 ރުފިޔާ ނެގިއެވެ. ނަމަވެސް އެ ކުންފުނިން އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތިއްޔާއި އެޕާޓްމެންޓްތަކުގެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޭސީސީ އަށް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހަރާކްތެރިވީ ގާނޫނީ ވަކީލު އަދި ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި މަރިޔަމް ޝުނާނާއެވެ.

ޝުނާނާ ވިދާޅުވީ މި މައްސަލާގައި އިންސާފު ލިބެންޖެހޭ 146 މީހުންގެ މަތިން މަައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ސީލައިފްގެ ޕްލެޓުތަކުގެ މަސައްކަތް ކުރިއަށް ނުދާއިރު އެ ފްލެޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ފައިސާ އަނބުރާ ދީފައިނުވާތީ އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމަށްވެސް ތައްޔާރުވަމުންދާކަމަށް ޝުނާނާ ވަނީ ވިދާޅުވެފައެވެ.

މީގެ ތިންއަހަރު ކުރިން ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރިއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ދެއްކި އިރު އެއަށްވުރެ ގިނައިން ފައިސާ ދެއްކި މީހުންވެސް އެބަތިއްބެވެ.

comment ކޮމެންޓް