މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އަންނަ މަހު

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގައި މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އަންނަ މަހު 22 ގައި ބާއްވަން ނިންމައިފިއެވެ.

މިފަހަރުގެ ކޮންފަރެންސްގެ ތީމް އަކީ "ގްރޯތް އެންޑް ސަސްޓެއިނެބިލިޓީ" އެވެ. ޓްރެވަލް ކޮންފަރެންސްގެ ބައެއްގެ ގޮތުގައި ދަ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންް (ޕަޓާ) އިން ޕަޓާ ހިއުމަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމުގެ ދެވަނަ އެޑިޝަން ކުރިއަށް ގެންދާނެއެެވެ.

ޕާޓާ ހިއުމަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމުގެ ފުރަތަމަ ބައި މިދިޔަ އަހަރު ކުރިއަށް ގެންދިޔައިރު އެ ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިފަހަރުގެ ޕްރޮގްރާމުގައިވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން މައުލޫމާތު ދެއްވާނެއެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރަންސަކީ، ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، އިންޑަސްޓްރީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.

މިއަހަރުގެ ކޮންފަރެންސްގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކޮންފަރެންސްގައި 250 މީހުން ބައިވެރިވާނެކަމަށް މަޓާޓޯ އިން ލަފާކުރެއެވެ.

comment ކޮމެންޓް