އޭޑީކޭގެ އާ ބޭސްފިހާރައެއް ހުޅުވައިފި

އޭޑީކޭ ފާމަސީ6 --- ފޮޓޯ: އޭޑީކޭ

އޭޑީކޭ ފާމަސީ6 ހަނދުވަރީ މަގަށް ބަދަލުކޮށް ބޭސް ފިހާރަ ހުޅުވައިފިއެވެ.

އޭޑީކޭ ފާމަސީ 6 ގެ ނަމުގައި މިއަދު ހުޅުވި ބޭސްފިހާރައަކީ މީގެ ކުރިން ޖަވާހިރު މަގުގައި ހިންގަމުން ދިޔަ ބޭސް ފިހާރައެވެ. މި ބޭސްފިހާރައިން އާސަންދައިގެ ދަށުން ބޭސް ލިބޭނެކަމަށް އޭޑީކޭ އިން ބުނެއެވެ.

މި ފާމަސީ ހަނދުވަރީ ހިނގުމަށް ބަދަލު ކުރުމުން އެ ސަރަހައްދުގެ ދިރިއުޅެމުންދާ މީހުންނަށް ބޭސް ގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.

އޭޑީކޭ ފާމަސީ6 --- ފޮޓޯ: އޭޑީކޭ

އޭޑީކޭ އިން ބުނީ އޭޑީކޭ ފާމަސީ6 އިން ފާރމަސީ ބޭހުގެ އިތުރުން އޯޓީސީ މުދާ ލިބޭނެ ކަމަށެވެ. އެގޮތުން ޑްރައިޕާސް ނެޕީ، މިލްކީ އަދި މިލްގްރޯ ހިކިކިރާއި ލިބްރެސް ސެނިޓަރީ ނެޕްކިން، ގުޑް ވާރޗު ކޯ އަދި ބެޑްލެބް ގެ އުފެއްދުންތައް ލިބޭނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.

މި ފާމަސީ ގައި ފެންވަރު ރަނގާޅު ފުރޮޅުލީ ގޮނޑި އާއި ކްރަޗާސް އަދި ހުޅުހުޅުގައި އަޅާ ގާރޑް ވެސް ހުންނާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.

އޭޑީކޭ ފާމަސީއިން 6 ގައި މިހާރު ޑްރައިޕާސް ޕޮރޮމޯޝަނެއް ވަނީ ފަށާފައިވާއިރު، މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ޑްރައިޕާރސް މެގަ ޕެކްއަކަށް ޑްރައިޕާރސް ވެޓް ވައިޕްސް ޕެކެޓެއް ހިލޭ ލިބޭނެއެވެ.

comment ކޮމެންޓް