އިންޑިއަން އައިޑަލް ޖަޖުންގެ ޕެނަލުން އަނޫ މާލިކް ވަކިކޮށްފި

އައްނޫ މަލިކް---

އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު ޖަޖު އަނޫ މާލިކް ޖަޖުންގެ ޕެނަލުން ވަކިކޮށްފިއެވެ.

ސޮނީ ޗެނަލުން ދައްކަމުން އަންނަ އިންޑިއަން އައިޑަލްގެ ޖަޖު އަނޫ ޕެނަލުން ވަކިކުރީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމުން ކަމަށް ސޮނީ ޗެނަލުން ބުނެއެވެ.

އެ ޗެނެލުން ނެރުނު ބަޔާނެއްގައި ބުނީ ޖޫރީ ޕެނަލުން އޭނާ ނުފެންނާނެ ކަމަށާއި އޭނާގެ ބަދަލުގައި އައު ޖަޖެއް ހަމަޖައްސާނެ ކަމަށެވެ.

"އަނޫ ޕެނަލުން ވަކި ކުރިނަމަވެސް ޝޯވް ކުރިއަށްދާނެ،"

އެކަމާ ގުޅޭގޮތުން އަނޫ ބޭރުގެ ނޫހަކަށް ބުނީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި މިވަގުތު މަސައްކަތް ކުރަން ތަންކޮޅެއް ދަތިކަމަށެވެ.

ލަވަކިޔުންތެރިޔާ ޝްވޭތާ ޕަންޑިތު އާއި ސޯނާ މަހާޕަޓްރާގެ އިތުރުން ގިނަ އަންހެނުންތަކެއް ވަނީ އޭނާގެ މައްޗަށް ޖިންސީ ތުހުމަތުކޮށްފައެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގައެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތެވެ.

comment ކޮމެންޓް