ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް އޮތަސް ހުންނާނީ ރައީސް ޔާމީން އަރިހު: އަދުރޭ

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސިޔާސީ މަޝްރަހު ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަޔަސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފަހަތްޕުޅުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ހުކުމް ކުރުމާއެކު ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަދުރޭ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަބަދުވެސް ރައީސްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ރައީސް ޔާމީންއަށްޓަކާ އަބަދުވެސް ފަޚުރުވެރިވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިންތިޚާބުން ލިބުނު ނާކާމިޔާބީ އާއެކު އިންތިޚާބުގައި ޝައްކު ކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށްބުނެ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމު ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމުގައި ސުޕްރީމު ކޯޓުން ބުނެފައިވަނީ ތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސުތަކެއް އަދި ގަރީނާއެއް ދައްކާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން އަށް އިްނތިހާބު ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް އަދުރޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް