މާލެ ސަރަހައްދުން ހަމްޕްބެކް ވޭލްއެއް ފެނިއްޖެ

ބޮޑުމަހެއްގެ ނިގޫ---

މާލެ ސަރަހައްދުން ހަމްޕް ބެކް ވޭލް އެއް ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެ އެވެ.

އެ ވީޑިއޯ އިން ފެންނަނީ މާލެ - ވިލިމާލެ ސަރަހައްދުން ހަމްޕް ބެކް ވޭލް އެއް ނޭވާލުމަށް މައްޗަށް އަރާ މަންޒަރެވެ. ގާތްގަނޑަކަށް 10 ސިކުންތުގެ މި ވީޑިއޯ އަށް އާންމުންގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

މާލެ ސަރަހައްދުން ހަމްޕް ބެކް ވޭލް އެއް ފެނިފައިވާ އިރު އޯޓަމްގެ ފަހުކޮޅަކީ ބޮޑުމަސް ހިޖުރަ ކުރާ ދުވަސްވަރެވެ.

ރާއްޖެ ސަރަހައްދުން ފެނުނީ ކުޑަ ހަމްޕް ބެކް ވޭލް އެކެވެ. އޭގެ ދިގު މިނުގައި ހުންނާނެ ކަމަށް ބެލެވެނީ 10 ވަރަކަށް ފޫޓެވެ. އާންމުކޮށް ހަމްޕް ބެކް ވޭލްސް އަކީ 16 މީޓަރަށް ދިގުވާ އެއްޗެކެވެ. ބޮޑެތި މަހުގެ ބަރުދަނުގައި 30 މެޓްރިކް ޓަނު ވެސް ހުރެ އެވެ.

އާންމުކޮށް ރާއްޖެ ސަރަހައްދުން މިގޮތަށް ބޮޑުމަސް ނުފެނުނު ނަމަވެސް މަރުވެގެން ލައްގާ މަސްމަސް ރަށްރަސުގެ ގޮނޑުދޮށަށް ލައްގަ އެވެ.

comment ކޮމެންޓް