އަހުމަދިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމަށް ތިން ދަރިވަރެއް!

ތައުލީމީ ގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ސްކޫލެއް ކަމަށްވާ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މަރިޔަމް އާވިން މުސްތަފާއާއި އައިމިނަތު ސަރާ އަދި ސާރާ އިބްރާހިމް ހޮވިއްޖެއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މި ތިން ދަރިވަރުންނަށް އެވޯޑް ހަވާލުުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން އޮނަރަބަލް ޑރ. އިބްރާހިމް ހަސަން އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ ޓްރޮފީއާއި، އަހުމަދިއްޔާ ސްކޫލް އުފައްދުމުގެ ބާނީ އަލްމާރުހޫމް ޑރ. އަހުމަދު ދީދީގެ އާއިލާއިން ދޭ ހާއްސަ އިނާމާއި ޑރ. އަހުމަދު ދީދީ އެވޯޑާއި، ހަަނދާނީ ފިލާއާއި އަހުމަދިއްޔާ ސްކޫލުން ދޭ އިނާމާއި މެޑެއްޔާއި ޓްރޮފީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާ ހާއްސަ އިނާމާއި އެވޯޑް އާވިން، ސާރާ އަދި ސަރާއަށް ރޭގެ ރަސްމިއްޔާތުގައި ވަނީ އަރުވައިފައެވެ.

ޝަރަފްވެރި މެހެމާން އޮނަރަބަލް ޑރ. އިބްރާހިމް ހަސަން ޖަލްސާގައި ވާހަކަފުޅު ދައްްކަވަމުން ވިދާޅުވީ، ދަރިވަރުން ހޯދި ކާމިޔާބީ އަކީ ހަގީގަތުގައި މުދައްރުސުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ދަރިވަރުން ހޯދި ކާމިޔާބީއަކީ ވަރަށް ގިނަ ބަޔަކު ފަހުރުވެރިވާނެ އަދި އެހާމެ ގިނަ ދުވަހު ހަނދާނުގައި ހުންނާނެ ކާމީޔާބީ އެއް ކަމަށެވެ.

އަހުމަދިއްޔާ ސްކޫލް އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭގެ އިތުރުން އިލްމާ ދޭތެރޭ ހިތުގައި ލޯބި އުފެދެން ޖެހޭ ކަމަށާއި އިލްމީ ހޯދުންތައް ހޯދަން ޖެހޭ ކަމަށް އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އަދި ރޭގައި އިނާމް ހާސިލް ކުރި ހުރިހާ ކުދިންނަށް މަރުހަބާ ކިޔުއްވިއެވެ.

އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަހުމައްދިއްޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް އުނގަންނަށް ފަސޭހަ މާހައުލެއް ގާއިމު ކުރުން ކަމަށެވެ. އަދި އެކަން ހާސިލް ކުރަން ގިނަ ގޮންޖެހުންތައް ހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަން ފާހަކަ ކުރެއްވިއެވެ.

comment ކޮމެންޓް