"މޮގުލް"ގެ ބަތަލާ އަކަށް ސޮނާކްޝީ؟

ސޮނާކްޝީ ސިންްހާ....

1997 ވަނަ އަހަރު މި ދުނިޔެ ދޫކޮށްފައިވާ ފިލްމު ޕްރޮޑިއުސަރު ގުލްޝަން ކުމާރުގެ ބަޔޯ ޕިކްގެ މައްޗަށް ހަދަން ނިންމާފައިވާ ފިލްމު "މޮގުލް" ގެ ބަތަލާގެ ރޯލަށް ބަތަލާ ސޮނާކްޝީ ސިންހާ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ފިލްމުގައި ލީޑު ރޯލު ފުރަތަަމަ އަކްޝޭ ކުމާރު ކުޅެން ނިންމާފައިވީ ނަމަވެސް ފިލްމު މަސައްކަތް ފެށުމުގެ ކުރިން އޭނާ ވަނީ ޑައިރެކްޓަރާ ޖެހުނު މައްސަލަ އެއްގެ ސަބަބުން އެ ރޯލު ދޫކޮށްލާފައެވެ. އޭގެ ފަހުން އެ ފިލްމުގެ ލީޑު އެކްޓަރުގެ ގޮތުގައި ފެންނާނެ ކަމަށް އިއުލާން ކުރީ އާމިރު ޚާނެވެ. ނަމަވެސް އޭނާ ވެސް ވަނީ އެ ރޯލު މިހާރު ދޫކޮށްލާފައެވެ.

ދާދި ފަހުން އާމިރު އެ ރޯލު ނުކުޅެން ނިންމީ ޑައިރެކްޓަރު ސުބާޝް ކަޕޫރުގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ފެންމަތިވުމުގެ ސަބަބުންނެވެ. ލީޑު އެކްޓްރެސްގެ ރޯލު ސޮނާކްޝީ ކުޅެން ނިންމާފައިވާ ކަމުގެ އަޑުތައް އަރާފައިވާ ނަމަވެސް އޭނާ އާއެކު ބަތަލްގެ ރޯލުން ދެން ފެންނާނީ ކޮން ތަރި އެއް ކަމެއް ނޭންގެއެވެ.

ބުޝަން ކުމާރު ޕްރޮޑިއުސްކުރާ "މޮގުލް"ގައި ސޮނާކްޝީ ފެންނާނީ 70 އަދި 80ގެ އަހަަރުތަކުގެ ބަތަލާ އެއްގެ ރޯލުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އެ ފިލްމުގެ ސްކްރިޕްޓް މިހާރު ސޮނާކްޝީ ކިޔާފައިވާ ކަމަށާއި ފިލްމުގެ ޝޫޓިންގައި މާ ގިނަ ދުވަސް ހޭދަ ނުކުރާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ކުރިޔަށް ވެސް ސޮނާކްޝީގެ ފިލްމެއް ރިލީޒްވާން އެބަ އޮތެވެ. އެއީ އަންނަ އަހަރު ނެރުމަށް ހަމަޖައްސައިވާ ފިލްމު "ކަލަންކް"އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ހެޕީ ބާގްޖާޔެގީ ރިޓާންސް" އިންނެވެ.

comment ކޮމެންޓް