މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މާރާމާރީ ހިންގި ސަރަހައްދެއް ބަންދުކޮށްފައި ----- ސަން ފައިލް ފޮޓޯ

މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މާފައްނު "ދަ ޑޯ ބައި ޖެލީ" ކައިރީގަ އެވެ. އެ ސަރަހައްދުގައި ތިބި ބަޔަކު މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ އެ ސަރަހައްދުގެ މަގުމަތުން ފޮރެންސިކް ސާމްޕަލްސް ނަގާފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވި ޒުވާނާއަށް ލިބުނު ޒަހަމްތައް ސީރިއަސް އެއް ނޫނެވެ.

ފުލުހުން ބުނީ މިއަދު އެފަދަ ހާދިޔާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދެވޭނެ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއްވަ އެވެ.

މި ފަހަކަށް އައިސް މާލޭގައި މާރާމާރީ ގިނަވެފައިވާ އިރު ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ވަޅިން ހަމަލާދީ ދެ ކުޑަކުދިން ވަނީ މަރާލާފަ އެވެ. އެގޮތުން އެމްއެމްއޭ ކުރިމަތިން ކުއްޖަކު މަރާާލި އިރު ހެންވޭރު އޮޓޯ ގަރާޖު ކުރިމަތިން ވެސް ވަނީ ކުއްޖަކު މަރާލާފަ އެވެ.

comment ކޮމެންޓް