ދިރާގުން އައިފޯން 10އެސް އަދި 10އެސް މެކްސް ލޯންޗުކޮށްފި

އައިފޯން 10އެސް ބައްލަވައިގަތް ފުރަތަމަ ކަސްޓަމަރާ ދިރާގުން ފޯނު ހަވާލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯނުތަކުގެ ތެރެއިން ދެ ފޯނެއް ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މި ފޯނު ރަސްމީކޮށް މިއަދު ރާއްޖޭގައި ލޯންޗުކުރީ ދިރާގުންނެވެ.

ދިރާގުން މިއަދު މެންދުރު އެ ކުންފުނީގެ ހެޑްއޮފީސްގައި ލޯންޗްކުރިީ 10އެސް އަދި 10އެސް މެކްސް ފޯނެވެ. މި ފޯނުތައް ލޯންޗްކުރުމުގެ ކުރިން ޕްރީއޮޑަ ކުރި ފަރާތްތަކުން ވަނީ ފޯނު ގަތުމަށް ކިއު ހަދާފައެވެ.

ދިރާގުން އައިފޯނު 10އެސް އަދި 10އެސް މެކްސްއަށް ޕްރީއޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މާ ގިނައިރުތަކެއް ނުވެ ހުރިހާ ފޯނަކަށް ޕްރީއޯޑަރު ވަނީ ހަމަވެފައެވެ.

ޕްރީ އޯޑަރު ނުކުރެވުނު ފަރާތްތަކަށް ހަފްތާއެއްހާ ދުވަސް ތެރޭގައި ސްޓޮކް ލިބުމުން ދިރާގުންއިން ފޯނު ވިއްކަން ފާށާނެ ކަމަށާއި އަދި އިންސްޓޯލްމަންޓަށްވެސް ފޯނު ގަނެވޭނަކަމަށް ދިރާގުން މައުލޫމަތު ދެއެވެ.

އެޕަލްއިން މިދިޔަ މަހު 12 ވަނަ ދުވަހު ވަނީ ތިން ފޯނެއް ބާޒާރަށް ނެރެފައެވެ. އެއީ އައިފޯނު 10އެސް އަދި 10އެސް މެކްސްގެ އިތުރުން އައިފޯން 10އާރްއެވެ.

comment ކޮމެންޓް