ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މަޖިލީހުގެ ނައިބު ރައީސްއާ ޓްރާންސިޝަން އޮފީހުން މަޝްވަރާކޮށްފި

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހުގެ ބޭފުޅުން މަޖިލީހުގެ ނައިބުރައީސް އާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅޭ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއެކު ކުރިއަށް ގެންގޮސްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޗެއާމަން އޮފް ޓްރާންސިޝަން އަބްދުﷲ ޝާހިދާއި ޑިރެކްޓަރ އޮފް ޓްރާންސިޝަން އަހުމަދު ލަތީފެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހުން ބުނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ޓްރާސްސިޝަން ކޮމެޓީގެ އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެ ލެއްވިއެވެ.

އިބޫ ހުވާކުރައްވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ރަސްމިއްޔާތެއްގައި ކަމަށާއި މި ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް