ވޭތުވެދިޔަ ދިހަ އަހަރު ތެރޭ ފުލުހުން އަކި މައްސަލަތަކުގައި ހިފެހެއްޓި މަސްތުވާތަކެތި ނައްތާލައިފި

ފުލުހުން އިއްޔެ ނައްތާލި މަސްތުވާތަކެތި --- ފޮޓޯ ޕޮލިސް

ވޭތުވެދިޔަ ދިހަ އަހަރު، ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި އެވެ.

ފުލުހުން އިއްޔެ ދޫނިދޫގައި ނައްތާލި މި މަސްތުވާ ތަކެއްޗަކީ ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ތަކެއްޗެވެ.

ފުލުހުން ބުނީ ނައްތާލެވިފައި ވަނީ ތަޙުޤީޤު ނިންމާފައިވާ 810 މައްސަލައެއްގައި ހިމެނޭ 3588 ރަބަރު ޕެކެޓާއި 222 ސެލޯފިންކޮޅެވެ. އަދި މިގެ އިތުރން ފިލްމު ހުސްކުރި 8 ދަޅާއި ބްލެޓް ސައިޒުގެ 22 ރަބަރު ޕެކެޓާއި 44 ބޭސް ގުޅައެވެ. އަދި މީގެ އިތުރު އިތުރު ތަކެތިވެސް ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެއެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 6675.2566 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 219.2935 ގްރާމުގެ ކެނަބިސްއެވެ.

ފުލުހުން ގިނަ އަދެއްގެ މަސްތުވާތަކެތި ނައްތާލި އިރު އިއްޔެ އައްޑޫ ސިޓީ އިން ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް