ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ލިސްޓް ސްކޫލްތަކަށް ފޮނުވައިފި

ރަސްދޫގައި ހިންގާ ޕްރީސްކޫލްގެ ކްލާހެއްގައި ދަރިވަރުންތަކަކާ އެކު ޓީޗަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ރަސްދޫ ކައުންސިލް

ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ލިސްޓް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށްް ފޮނުވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކިއުޓިވް ޝެރީނާ އަބްދުއް ސަމަދު "ސަން" އަށް ވިދާޅުވީ މި އަހަރު މާލޭގެ ސްކޫލުތަކަށް ވައްދާ ކުދިންގެ ލިސްޓް އެ ސްކޫލުތަކަށް މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

މި އަހަރު ގްރޭޑް އެކަކަށް ޖާގަ ލިބުނު ދަރިވަރުންގެ ލިސްޓް ސްކޫލުތަކުގައި ނޯޓިސް ބޯޑާއި ހޯލުން ފެންނާނެ ކަމަށާއި އަދި ސްކޫލުތަކަށްް ގުޅައިގެން ވެސް އެ މައުލޫމާތު ލިބޭނެ ކަމަށް ޝެރީނާ ވިދާޅުވި އެވެ.

ޝެރީނާ ވިދާޅުވީ މި އަހަރު ވެސް ޖާގަ ދިނުމުގައި، ދަރިވަރުންނަށާއި ބެލެެނިވެރިންނަށް ފަސޭހަ ވާނެ ގޮތަށް އެކި ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެެވެ.

"ސްކޫލުތަކުން ޖާގަ ދިން އިންއިރު ވެސް އެންމެ ބޮޑަށް ބެލީ އެ ދަރިވަރުންގެ ގެއާ ކައިރި ސްކޫލުތަކުން ޖާގަ ދެވޭތޯ. ދެން އެ ދަރިވަރުންގެ ތިމާގެ ކުދިންނަށް ވެސް އެ ސްކޫލުތަކުން ޖާގަ ދިންއިރު ވެސް ދަރިވަރުންނަށް ޖާގަ ދިނުމަށް ފަހު ޖާގަ ދިނީ،" ޝެރީނާ ވިދާޅުވި އެވެ.

އެހެން ސްކޫލުތަކުން ދަރިވަރުން ބަދަލުކުރަން ބޭނުންވާ ނަމަ އެފުރުސަތު އޮންނާނެ ކަމަށް ވެސް ޝެރިނާ ވިދާޅުވި އެވެ.

މިއަހަރު މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަަށް 2042 ކުއްޖަކަށް ވަނީ ޖާގަ ދީފަ އެވެ.

comment ކޮމެންޓް