އެމްއެންޔޫއިން ދިވެހިބަހުގެ ޕީއެޗްޑީ ކޯހެއް ފަށަނީ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންްގެ ދަސްވެނިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީ އިން ދިވެހިބަހުގެ ޕީއެޗްޑީ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ޔުނިވާސިޓީ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް އިން ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރުމަށް ހަތް ދާއިރާ އެއް ކަނޑައަޅާފައިވާއިރު އެތަނުން ކޮންމެ ދައިރާއެއްވެސް އިހުތިޔާރު ކުރެވިދާނެއެވެ.

އެ ދާއިރާތަކަކީ:

  • މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް First language acquisition and development
  • ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން Second language acquisition and learning
  • ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް Bilingualism
  • ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން Language Policy and Planning
  • ބަހުގެ ފެންވަރުބެލުން Language Assessment
  • ދިވެހިބަހުގެ ސްޓްރަކްޗަރ Structure of Dhivehi Language
  • ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން
    Analysis of written, spoken and multimodal texts

މި ކޯހަށް ޖާގަ ކަނޑައަޅާނީ ކޯހަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު، ސުޕަވައިޒަރުންނާއި ހަޔާ ޑިގްރީސް ކޮމެޓީ އިން ނިންމާ ގޮތެއްގެ މަތިން ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

ކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް ނުވައެއްގެ ސަނަދަކާއި ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް އަށެއްގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ހިމެނެއެވެ.

މީގެ އިތުރުން ކޯހަށް ކުރިމަތިލާ ފަރާތަކީ ދިރާސީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 10620 ރުފިޔާ އެވެ.

comment ކޮމެންޓް