ފޭސްބުކް އިން އަންސެންޑް ފީޗާއެއް ޓެސްޓު ކުރަނީ

ފޭސްބުކްގެ އަންސެންޑް ފީޗާ ވަނީ ޓެސްޓު ކުރަން ފަށާފައި

ފޭސްބުކް އިން އަންސެންޑް ފީޗާއެއް ޓެސްޓު ކުރަން ފަށައިފިއެވެ.

ފޭސްބުކް އިން މީގެ ތަންކޮޅެއް ކުރިން ވަނީ ސީއީއޯ މާކް ޒަކަބާގް މީގެ ކުރިން ފޮނުވާފައި ހުރި މެސެޖުތަކެއް ޑިލީޓްކޮށްލާފައިވާކަމަށް ބުނެފައެވެ. އެއާއެކު އެ މެސެޖު ލިބުނު މީހުންގެ ޗެޓް ހިސްޓްރީން ވެސް އެ މެސެޖުތައް ވަނީ ފޮހެވިފައެވެ.

ނަމަވެސް އާންމު މީހުން އެގޮތަށް ފޮނުވާ މެސެޖު ޑިލީޓް ކުރުމުން ޑިލީޓްވާނީ އަމިއްލަ ޗެޓު ލޮގުގައި ހުރި މެސެޖު އެކަންޏެވެ.

ފޭސްބުކް އިން އަލަށް ޓެސްޓުކުރާ އަންސެންޑް ފީޗާ އާއެކު ކުރިން ފޮނުވާފައި އިން މެސެޖެއް ފޮނުވާ މީހާއާއި އެ މެސެޖު ލިބޭ މީހާގެ ޗެޓުލޮގުންވެސް ޑިލީޓްވާނެއެވެ.

މި ފީޗާ ޓެސްޓު ކުރަންފެށިނަމަވެސް، އާންމުންނަށް މި ފީޗާ ލިބޭނީ ކޮންއިރަކު ކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް