އެމްސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ފުލުހަށް

23 ސެެޕްޓެމްބަރ 2018: ގައި ރިޔާސީ އިންތިހާބުގައި ވޯޓުލުން

ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓްކުރި އެމް ސެވަންގެ މުވައްޒަފުން ތަކަކަކަށް ރިޝަވްތު ހުށަހެޅި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމް ސެވަންގެ އިސް އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ކުންފުނިން ޕްރިންޓްކުރި ވޯޓު ކަރުދާކޮޅުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިނުމަށް ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

އަދި ފައިސާގައި ނުހިފުމުން މުވައްޒަފުންނަށް އިންޒާރު ދެމުންދާތީ ރިޝްވަތު ހުށަހެޅި މައްސަލައާއި އިންޒާރުދޭ މައްސަލަ އެއްކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރިޝްވަތު ހުށަހެޅީ ސީދާ ކޮން ފަރާތަކުން ކަމެއް އެމް ސެވަން އަކުން ނުބުނެ އެވެ.

ވޯޓު ކަރުދާހުގައި މައްސަލަ އުޅޭ ކަމަށް ހެކިބަސްދޭން ބަޔަކު އެމްސެވަން އަށް ރިޝްވަތު ދީފައި މިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕީޕީއެމުން ސުޕްރީމް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރިޔާސީ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލި ކަމަށް ބުނެ އެވެ. އަދި އިންތިހާބާ ގުޅިގެން ހުށަހެޅި ޝަކުވާތައް އިލެކްޝަނުން ނުބަލާ ކަމަށް ބުނެ އެވެ.

ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތީ 40،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގައި ބަލިވިކަން ރައީސް ޔާމީން ގަބޫލުފުޅުވެއް ކުރެއްވި އެވެ.

comment ކޮމެންޓް