ދިގުމުއްދަތަކަށް ބީއެމްއެލް އަށް ހިދުމަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރޭ ބޭއްވި ހަފްލާ --- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކު ބެންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

އެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި މުވައްޒަފުންނަށް ހިދުމަތުގެ އަގު ވަޒަންކުރުމުގެ އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. ރޭ ވަނީ 15 އަހަރާއި 20 އަހަރު އަދި 25 އަހަރާއި 30 އަދި 35 އަހަރުގެ މުއްދަތަކަށް ބީއެމްއެލް އަށް ހިދުމަތް ކުރަމުންދާ 37 މުވައްޒަފެއްގެ އަގު ވަޒަންކޮށްފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ސީއީއޯ އެންޑްރޫ ވިދާޅުވީ ބީއެމްއެލްގެ ކާމިޔާބީގައި ބޭންކުގަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންގެ ހިއްސާ ބޮޑު ކަމަށެވެ.

ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުންފެށިގެންނެވެ.

comment ކޮމެންޓް