ހއ. ހޯރަފުށިން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި

ހއ. ހޯރަފުށީ ގެއައކުން ވަގަށް ނަގާފއިވާ ފައިސާތަކެއް، ވަގަށް ނެގި ފައިސާ ތަކުން ބައެއް ފުލުހުން

ހއ. ހޯރަފުށިން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާތަކުން، ބައެއް ފުލުހުން ހޯދައިފި އެވެ.

މިދިޔަ ބުރާސް ފަތި ދުވަހު އެރަށު ގެއެއްގެ އަލަމާރިން ނެގި ފައިސާތައް ވަގަށް ނެގި ކަމަށް ތުހުމުތު ކުރެވޭ ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. މިއްސަލައިގައި ބައެއް ފައިސާތައް ހޯދި އިރު ހޯދުނު އިރު ހޯދުނީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

comment ކޮމެންޓް