އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

އިންޑިގޯގެ ފްލައިޓެއް ---

އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯ އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ ނޮވެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ތައިލެންޑުގެ ޕުކެޓަށް ދަތުރުތައް ފެށުމަށްވެސް އެ އެއާލައިން ވަނީ ތައްޔާރުވެފައެވެ.

އިންޑިގޯގެ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އާމަންޒިލުތަކަށް ދަތުރުތައް ފަށާއިތު މާލެ އާއި ކޮޗިން އާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރާނެ ކަމަށާއި، މުމްބާއީ އާއި މާލެ އާ ދެމެދު ހަފްތާ އަކު ފަސް ދަތުރު އަދި ބެންގަލޫރާ މާލެ އާ ދެމެދު ހަފްތާއަކު ދެ ދަތުރު ބާއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައެވެއެވެ.

މީގެ އިތުރުން އިންޑިއާގެ ދިއްލީ އާއި ތައިލެންޑުގެ ޕުކެޓާ ދެމެދު ވެސް ހަފްތާ އަކު ހަ ފްލައިޓު ބާއްވަން ވަނީ ނިންމައިފައެވެ. އިންޑިގޯގެ އޮފިޝަލަކު ބުނީ މާލެ އާއި ޕުކެޓު ރޫޓަކީވެސް އެ އެއާލައިނަށް މުހިއްމު ދެ މަންޒިލު ކަމަށެވެ.

comment ކޮމެންޓް