ޅ. އަތޮޅު ރިސޯޓަކުން މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށްފި

ޅ. އަތޮޅު ރިސޯޓުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ/ޕޮލިސް

ޅ. އަތޮޅު ރިސޯޓަކުން މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ މަސައްކަތް ކުރަމުންދާ ރިސޯޓުން މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށް އޭނާ އެ ރިސޯޓުގައި އުޅެމުންދިޔަ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެކޮޓަރިތެރޭގައި ހުރި އޭނާގެ އަލަމާރިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް