ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމްދޫން އައްޔަންކޮށްފި

ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަނުކުރެއްވި ހަމްދޫން އަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ: ޓްވިޓާ

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ހަމްދޫން އެ މަގާމަށް އައްޔަނު ކުރެއްވި އިރު، މީގެ ކުރިން ފުލުހުންގެ އިސް ވެރިއަކަށް ހުންވެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އޭރު ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު އަރީފް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އެއަށް ފަހު ފުލުހުންގެ އިދާރާ ހިންގެވުން އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ. ސައުދީ މަގާމުން ވަކި ކުރެއްވުމަށް ފަހު ފުލުހުންގެ އިދާރާގެ ހިންގުން ނަޒާޒު އާ ހަވާލުކުރެއްވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަން ބްލޫވޭވްގެ ސެކިއުރިޓީ ކޮމާންޑަރަކީ ހަމްދޫން އެވެ.

comment ކޮމެންޓް