ގާނޫނީ ވަކީލު މުސާ ސިރާޖް ދޫކޮށްލައިފި

ގަނޫނީ ވަކީލް މޫސާ ސިރާޖް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށް ފަހު ޕޮލިސް ކަސްޓޯޑިއަލްއަށް ގެންދަނީ -- ސަންފޮޓޯ/މުޒައްޔިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ސިރާޖްގެ ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނުމުންނެވެ. ސިރާޖް ހައްޔަރު ކުރުމަށް ފަހު އަނެއް ދުވަހު އޭނާ ކޯޓަށް ހާޒިރުކޮށް ހަ ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިން މުއްދަތު އިއްޔެ އަށް ހަމަވެ އެވެ.

ރައީސް އަބްދުﷲ ޔާމީންއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަދީބާ ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ބުނެ ސިރާޖު ހައްޔަރުކުރީ މިމަހު 20 ވަނަ ދުވަހު އެވެ.

comment ކޮމެންޓް