ދަރަވަންދޫ އެއާޕޯޓުން އަތުލައިގަތް ބަނގުރަލާއި ބިޔަރު ނައްތާލައިފި

ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަން ދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި ބިޔަރުފުޅިތަކެއް ނައްތާލައިފިއެވެ.

ފުލުހުން ވެބްސައިޓުގައި ބުނެފައިވަނީ މި ފުޅިތަކަކީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަސް ނިމުމާ ހަމައަށް، ދަރަވަންދޫ އެއާޕޯޓަށް ފުރަން ދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފުޅިތަކެއް ކަމަށެވެ.

ފުލުހުން ބުނީ، އެގޮތުން 167 ފަހަރެއްގެ މަތިން، އެކި ބްރޭންޑުތަކުގެ 143 ފުޅި ބަނގުރަލާއި 148 ދަޅު ބިޔަރު އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެތަކެތި ނައްތާލާފައިވަނީ ބ. ދަރަވަންދޫ ކުނިގޮނޑު ސަރަހައްދާ ދިމާލުން އަތިރިމަތީގައެވެ.

comment ކޮމެންޓް