އައްޑޫ ސިޓީ މީދޫ އެމްޑީޕީ ޖަގަހައެއްގައި ރޯކޮށްލައިފި

އައްޑޫ މީދޫގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ރޯކޮށްލާފައިވާ އިރު، އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ --

އައްޑޫ ސިޓީ މީދޫައި ހުންނަ އެމްޑީޕީގެ ކެމްޕޭން ޖަގަހައެއްގައި ރޭ ބަޔަކު ރޯކޮށްލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މީދޫ ދާއިރާގެ މެމްބަރު ހުސައިން ހިޔާޒް "ސަން"އަށް ވިދާޅުވީ ޖަގަހަ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށެވެ.

އެމްޑީޕީ މީދޫ "އެޑްވާންސް ޖަގަހަ" ރޯކޮށްލި އިރު އެތާގެ ސްޕީކަރެއްވެސް އަނދާފަ -- ފޮޓޯ/ ޓުވިޓަރ

މައުލޫމަތު ދެމުން ވިދާޅުވީ ޖަގަހަ އަނދާ އަޅިއަށް ހެދި އިރު އެތެރޭގައި އިލޯކްޓްރޯނިކް ސާމާނާއި 30 ޕްލައިވޫޑް ފިލާ ހުރި ކަމަށެވެ. ހުސައިން ވިދާޅުވީ 140،000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ މި ހާދިސާ ހިނގީ ރޭ ދަންވަރު 2:30 އާއި ފަތިހު ފަހަކާ ދެމެދުއެވެ.

މީދޫގެ ކެމްޕޭން ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ޓްވިޓާގައި ވިދާޅުވީ ޖަގަހައިގައި ރޯކޮށްލައި "ބިމާ ހަމަކޮށްލައިފި" ކަމަށާއި، އެ ހާދިސާ ތަހުގީގުކޮށް، އެކަން ކުރި ބަޔަކު މިހާރުން މިހާރަށް ހޯދުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

މިކާމާ ގުޅޭގޮތިން ފުލުހުންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

comment ކޮމެންޓް