ތައިލެންޑްގެ ސިރިންހޯން ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ތައިލެންޑްގެ ސިރިންހޯން އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީން ރާއްްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީން) އިއްޔެ ނެރުނު އިއުލާންގައި ވަނީ ތިން ބެޗެލާސް ޑިގްރީގެ ފުރުސަތު ހުޅުވާލައިފައެެވެ. އޭގެ ތެރޭގައި އެއް ފުލް ސްކޮލަޝިޕްއާއި ދެ ޕާޝިއަލް ސްކޮލަޝިޕް ހިމެނެއެވެ.

އެ ޔުނިވާސިޓީން ހުޅުވާލި ސޮކްލަޝިޕްތަކުގެ ތެރޭގައި ކެމިކަލް، ސިވިލް، ކޮމްޕިއުޓާ، އިލެކްޓްރިކަލް، އިންޑަސްޓްރިއަލް އަދި މެކޭނިކަލް އިންޖިނިރިންގެ ކޯސްތައް ހިމެނެއެވެ. އޭގެ އިތުުރުން އިންފޮމޭޝަން ޓެކްނޮލަޖީ، އިންޖިނިއަރިންގް މެނޭޖްމަންޓް އަދި މެނޭޖްމަންޓް ޓެކްނޮލަޖގެ ތިން ކޯހެއްވެސް ހިމެނެއެވެ.

މިއީ ހަތަރު އަހަރުގެ ކޯސްތަކެކެވެ.

ޑީއެޗްއީން ބުނީ އެ ކޯސްތަަކަށް ކުދިން ހޮވުމައި ބަލާނީ އެންމެ މަތިން މާކްސް ލިބިފައިވާ ދަރިވަރުންނަށް ކަަމަށެވެ. އެ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިސާބާއި މެކޭނިކްސްއިން އޭލެވެލް އިމްތިހާންގައި ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ

ޑީއެޗްއީން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަަނަ ދުވަހު 13:30ގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު އެ ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް