"ބާރަތު"ގައި ސަލްމާންގެ ބައްޕަ އަކަށް ޖެކީ ޝްރޮފް!

"ބާރަތު" އިން ފެނިގެންދާ ސަލްމާނާއި ޖެކީ....

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ބާރަތު"ގައި ލީޑު ރޯލު ކުޅޭ ސަލްމާންގެ ބައްޕަގެ ރޯލު ކުޅެނީ ކާކުކަން ހާމަވެއްޖެއެވެ. އެ ފިލްމުގައި ސަލްމާންގެ ބައްޕަ އަކަަށް އުޅޭނީ ކުޅަދާނަ ބަތަލް ޖެކީ ޝްރޮފްއެވެ.

ޒަފަރު ބުނެފައިގޮތުގައި އެ ފިލްމަށް ޖެކީ ނެގީ ފިލްމުގެ ރޯލަށާއި ތާރީހު ތަކާ މެދު ވަރަށް ބޮޑަށް ވާހަކަ ދައްކާފައެވެ. އަދި ސަލްމާންގެ ބައްޕައަކަށް އެ ފިލްމުގައި އެންމެ ގުޅޭނެ މީހަކީ ވެސް ޖެކީ ކަމަށް ޒަފަރު ވަނީ ފާހަގަ ކޮށްފައެވެ.

ފިލްމުގެ ޝޫޓިންގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް އެބަ ދެއެވެ. އެގޮތުން ފިލްމުގެ ބައެއް މަންޒަރުތައް މިހާރުވަނީ މުންބައިގެ އިތުރުން މޯލްޓާގައި ވެސް ނަގާފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ބާރަތުގެ ޓީމު ދެން ޝޫޓިން ކުރިޔަށް ގެންދާނީ އަބޫދާބީގައެވެ. އެ މަންޒިލްގައިވެސް މުހިއްމު މަންޒަރުތަކެއް ނަގާނެ ކަމަށް ހަބަރުތައް ބުނެއެވެ.

"ބާރަތު"ގައި ޖެކީގެ އިތުރުން ސަލްމާން އާއެކު ލީޑުން ފެންނާނީ ކެޓްރީނާ ކައިފެވެ. އަދި ނޯރާ ފެތެހީ އާއި ސުނިލް ގުރޯވާ، އާސިފް އަދި ފާތިމާ ހާޝީމީ (ތައްބޫ) ފަދަ ތަރިންގެ މޮޅު އެކްޓިން ވެސް އެ ފިލްމުން ފެންނާނެއެވެ.

"ބާރަތު" އެއްކޮށް ނިމި ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުޑަ އީދު ގައެވެ.

comment ކޮމެންޓް