ރިޔާސީ އިންތިހާބަށް ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތަމްރީނުތައް ފަށަނީ

ފުލުހުން ތަކެއް މަގުމަތީ ހަރަކާތްތެރެިވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިޔާސީ އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ތަމްރީނުތައް މާދަމާ ފަށަން ހަމަ ޖައްސަވައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފަސް ދުވަހުގެ މި ތަމްރީނުތަކަކީ "އޮފަރޭޝަން ބްލޫވޭވް 2018" ގެ ފުލްސްކޭލް ތަމްރީނުތަކެއް ކަމަށެވެ. ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި އަތޮޅުތެރޭގައިއެވެ.

https://sun.mv/110135

މި ތަމްރީނުތަކުގެ ތެރޭގައި ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ބްލޫ ވޭވް އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެކި ޓީމްތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާ ގޮތްތައް ބަލައި އެސެސް ކުރޭވޭނެ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

އިންތިހާބުގައި ރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އޮޕަރޭޝަން ބްލޫ ވޭވް 2018” ވަނީ އިއްޔެ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރަކީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.

comment ކޮމެންޓް