މަނިކް އާޓްސްއިން ވޮއިސް އޮފް މޯލްޑިވްސް ކާމިޔާބުކުރި ތަރި ޚާލިދުގެ ލަވައެއް ނެރެނީ

"ދުރުގާ ވުމުން ކަލާ"ގެ ޕޯސްޓަރެއް---

ދެހާސްދިހަ ވަނަ އަހަރު އެމްއެންބީސީން ބޭއްވި "ވޮއިސް މޯލްޑިވްސް"ގެ އެއްވަނަ ހޯދި މުހައްމަދު ޚާލިދުގެ ވީޑިއޯ ލަވައެއް މަނިކް އާޓްސް އިން ނެރެން ނިންމައިފިއެވެ.

މަނިކް އާޓްސްއިން ތައްޔާރުކުރާ އެ ލަވަ ކިޔާފައިވަނީ ޚާލިދެވެ. މި ލަވައަކީ ގިނަ ދުވަސްތަކަކަށްފަހު ޚާލިދު ކިޔާ ލަވައެކެވެ.

މަނިކް އާޓްސްއިން ޑައިރެކްޓްކޮށް އުފައްދާ އެ ލަވައިގައި ހަރަކާތްތެރިވާނެ ތަރިންނަކީ ޖަޒްލީ އަދި އަބުޅޮއެވެ. ޖަޒްލީ އަކީ މި ދާއިރާ އަށް އަލަށް ތައާރަފްވާ ތަރިއެކެވެ.

"ދުރުގާ ވުމުން ކަލާ" މި ލަވައަކީ ތަފާތު ލަވައެއް ކަމަށާއި މި ލަވަ ވަރަށް ފުރިހަމަ ވާނެ ކަމަށް މަނިކް އާޓްސް އިން ބުންޏެވެ. ލަވަ ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ، ވިލިނގިލި އަދި ޕެރަޑައިސް އައިލޭންޑް ރިސޯޓްގައެވެ.

ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ މަނިކް އާޓްސްގެ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ އިންތިއެވެ.

"ލަވަ ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން މި އަންނަނީ. ވަރަށް އަވަހަށް ރިލީޒްކުރާނަން. ޓްރެއިލާ ވާނީ މިހާރު އާންމުކޮށްފައި،"

comment ކޮމެންޓް