އާގިލް މަރާލި މައްސަލައިގައި ހޯދަން އިއުލާނުކުރި ހަމްޒަތު ފުލުހުންނާ ހަވާލުވެއްޖެ

އާގިލްގެ މަރުގެ މައްސަލާގައި ހޯދަން އިއުލާނު ކުރި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު---

އެމްއެމްއޭ ސަރަހައްދުގައި ވަޅިން ހަމަލާދީ މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ފުލުހުން ހޯދަން އިއުލާނު ކުރި ހަމްދޫން ހަމްޒަތު، 18 ލ.ފޮނަދޫ ހިޔާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވެއްޖެއެވެ.

ފުލުހުން ބުނީ އޭނާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ހަވާލުވެފައިވާ ކަމަށެވެ. އެ މައްސަލައިގައި ހަމްޒަތު ހޯދަން ފުލުހުން އިއުލާނު ކުރީ އިއްޔެއެވެ.

އާގިލް މަރާލާފައި ވަނީ ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާ ދީއެވެ. އާގިލް މަރާލާފައިވަނީ އޭނާގެ ކަރަށް ވަޅިން ހަމަލާދީގެންނެވެ.

އާގިލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ވަޅިން ހަމަލާދީ، މާރާމާރީ ހިންގުން މާލެ އާއި ހުޅުމާލޭގައި ވަނީ އާންމުވެފައެވެ. މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް