"ތަކެތި"ގެ ޕޮޕްއަޕް ފިހާރަ ހަފްތާ ބަންދުގައި

ތަކެތި ގެ ޕޮޕް އަޕް ފިހާރަ އެއް މި ހަފްތާ ބަންދުގައި---

"ކުޑަކުދިންނަށް ހާއްސަކޮށްގެން ހުންނަ ދިވެހި ފޮތްތައް ވަރަށް މަދު. އެކުދިންނަށް އުނގެނެން ބޭނުންވާ ވަސީލަތްތައް އޭރު މަދު. އެހެންވެ ހިތަށް އެރީ އެ ކުދިންނަށްޓަކައި ކަމެއް ކޮށްދޭނީ އޭ،" ތަކެތި ވުޖޫދަށް އައި ގޮތާ ގުޅޭ ގޮތުން "ތަކެތި"ގެ އިސްވެރިޔާ އައިމިނަތު ޝަރީހާން ބުންޏެވެ.

"ތަކެތި" އަކީ ދިވެހި ފޮތްތަކުގައި ކުލަ ޖައްސައިދިން ބްރޭންޑެކެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާ އާ އުފެއްދުންތައް ވެސް އަންނަނީ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ތާނަ ވޮށުފިލާ މިހާރު ނެރެފައިވާއިރު އަލިފުބާ ވޮށުފިލާ ވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށް ޝަރީހާން ބުންޏެވެ.

"ތާނަ ވޮށުފިލާ ނެރުނު ހިސާބުން ވަރަށް ތަރުހީބު ލިބުނު. ކަސްޓަމަރުންގެ އެދުމާއެކު އަލިފުބާ ވޮށުފިލާ ނެރެނީ މި،"

"ޖޭޒް ކެފޭ"ގައި އަންނަ ހުކުރު ދުވަހު ޕޮޕް އަޕް އެއް ފިހާރަ ހުޅުވާއިރު އެ ދުވަހު އަލިފުބާ ވޮށުފިލާ އެތަނުން ލިބެން ހުންނާނެ ކަމަށް ޝަރީހާން ބުންޏެވެ.

"ގުގުރި ބުގުރި" ވެސް އެ ދުވަހު ލޯންޗްކުރުމަށް ހަމަޖެހިފައިވާއިރު އެ ފޮތަކީ "ތަކެތި" އިން ތައާރަފްކުރާ ފުރަތަމަ ކުޑަކުދިންގެ ވާހަކައެވެ.

އައިމިނަތު ޝަރީހާން ލިޔެ އީމާން ރަޝީދުގެ އިލަސްޓްރޭޝަންއާ އެކު ތައްޔާރުކޮށްފައިވާ އެ ފޮތް ކުޑަކުދިންނަށް ކަމުދާނެ ކަމުގެ އުންމީދު ޝަރީހާންގެ އެބައޮތެވެ.

ފޮތްތަކުގެ އިތުރުން ތަކެތީގެ އެހެން ޕްރޮޑަކްޓުތައް ވެސް ލިބެން ހުންނާނެއެވެ. އަދި "އޭނަ" އަދި "މީނަ" ޗާމް ތަކަކާއި ކުރީގެ ޑިޒައިންތަކުގެ އާ ކުލަ ކުލައިގެ ޕިން ވެސް "ތަކެތި" އިން ލިބެން ހުންނާނެ ކަމަށް ޝަރީހާން ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ "ފެމެލީ ރޫމް"ގައި "ތަކެތި" ގެ ޕޮޕް އަޕް ފިހަރާއެއް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް