މި ހަފްތާ ބަންދުގައި "ދަ ނަން" ޝްވެކަށް އަންނަނީ!

ދަ ނަން ގެ މަންޒަރެއް ---

ހޮލީވުޑްގެ ގޮތިކް ސުޕަނެޗުރަލް ހޮރޯ ފިލްމު "ދަ ނަން" މި ހުކުރު ދުވަހު ޝްވެކް ސިނަމާއަށް އަންނާނެއެވެ.

ގެރީ ޑައުބާމޭންގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ މި ފިލްމަކީ 2016 ވަނަ އަހަރު ނިކުތް ހޮލީވުޑް ފިލްމް "ދަ ކޮންޖަރިން 2" ގެ ސްޕިން އޮފް އެކެވެ. ކޮންޖަރިން ސީރީޒްގެ ފަސް ވަނަ ބައި ކަމަށް ބެލެވޭ މި ފިލްމުގެ ޑައިރެކްޓަރަކީ ކޮރިން ހާޑީއެވެ.

ޑެމިއަން ބިޝިއާ، ޓެއިސާ ފާމިންގާ އަދި ޖޯނަސް ބްލޮކެޓް ފަދަ ތަރިން ފެނިގެންދާ މި ފިލްމުގައި ފެންނަނީ އަމިއްލައަށް މަރުވާ މީހެއް ގެ މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތެވެ.

މި ފިލްމު އިންޓަނޭޝަނަލީ ރިލީޒްކުރާނީވެސް ހުކުރު ދުވަހުއެވެ.

comment ކޮމެންޓް