ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ހަތަރު މީހަކު ހޯދަނީ

ކ-ވ: އަޙްމަދު ޝަރީފް، އަޙްމަދު ޞާމިދު، މޫސާ މުންތަސިމް އަދި ޢަބްދުﷲ އަނީލް -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ހައްޔަރުގައި ސިވިލް ކޯޓަށް ހާޒިރު ކުރުމަށް، ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުވެފައި ނުވާތީ ފުލުހުން ހޯދަން ފަށާފައިވަނީ ސ. ހިތަދޫ، ސޯސަންގެ، އަޙްމަދު ޝަރީފް އާއި ރ. އިނގުރައިދޫ، ލައިޓްސިގްނަލް، އަހްމަދު ޞާމިދު އާއި ސ. ހިތަދޫ، ސައުތުކުރޯސް، މޫސާ މުންތަސިމް އަދި ސ. ހިތަދޫ، ހުރާ، އަބްދުﷲ އަނީލެވެ.

ފުލުހުން މިއަދު ވަނީ އެ ހަތަރު މީހުންގެ ފޮޓޮ އާންމުކޮށް، އެ މީހުން ހޯދަން އިއުލާނު ކޮށްފަ އެވެ.

ފުލުހުން ބުނީ، އަހްމަދު ޝަރީފާއި، އަހްމަދު ޞާމިދު ހޯދަމުންދަނީ ސިވިލް ކޯޓުގައި އޮތް ސާބުތު ދަރަނީގެ މައްސަލަތަކެއްގައި ކަމަށެވެ. ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ، އަހްމަދު ޝަރީފް، މަދަމާ 9:45 އަށް އެ ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ. އަހްމަދު ޞާމިދު ކޯޓަށް ހާޒިރު ކުރާނީ މާދަމާ 12:00ގަ އެވެ.

މޫސާ މުންތަސިމާއި، އަބްދުﷲ އަނީލް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ތަކެއްގަ އެވެ. ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ، މޫސާ މުންތަސިމް އަންގާރަ ދުވަހުގެ 9:15 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ. އަބްދުﷲ އަނީލް ކޯޓަށް ހާޒިރު ކުރާނީ އަންގާރަ ދުވަހުގެ 11:30ގަ އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންނާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް