ޓްވިޓާއިން ތްރެޑް ރިޕްލައިސް ޓެސްޓު ކުރަނީ

ޓްވިޓާއަކީ "ކޮންޓްރޮވާޝަލް" ތަނަކަށް ހެދުމަށް އެ ޕްލެޓްފޯމަށް ގެންނަން ވިސްނާފައިވާ ބަދަލުތައް އެބަހުރިކަމަށް ޓްވިޓާގެ ޑިރެކްޓާ އޮފް ޕްރޮޑަކްޓް މެނޭޖުމެންޓް ސާރާ ހެއިޑާ ވިދާޅުވެއްޖެއެވެ.

ސާރާ ވަނީ މި ބަދަލުތައް ފެންނަ ސްކްރީން ޝޮޓުތަކެއް ޓްވިޓް ކޮށްފައެވެ. ފޭސްބުކް ކޮމެޓް ކުރުމާއި، އެއްގޮތް ކަހަލަ ބަދަލެއް ޓްވިޓާ ކޮމެންޓްސްއަށް ގެންނަން ޓްވިޓާއިން ނިންމާފައިވާއިރު މިއީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ފަސޭހަ ބަދަލަކަށް ވާނޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މީގެ ކުރިން ވެސް ޓްވިޓާ އިންވަނީ އަމިއްލައަށް ކުރާ ޓްވީޓްތައް ތްރެޑެއްގެ ގޮތުގައި ފެންނާނެ ގޮތަށް ޕޯސްޓުކުރެވޭ ގޮތް ހަދައިފައެވެ.

ޓްވީޓްް ރިޕްލައި ނުވަތަ ކޮމެންޓް އަޕްޑޭޓް ރަސްމީކޮށް ދޫކޮށްލާނީ ކޮން އިރަކުން ކަމެއް އަދި ހާމަ އެެއް ނުކުރެއެވެ.

comment ކޮމެންޓް