ރައީސް ފާދިއްޕޮޅަށް ވަޑައިގެންފި

ރައީސް ޔާމީން ނައިފަރަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު މިހާރު ވަނީ މިއަދު ހަވީރު ޅ. ނައިފަރަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި އެރަށުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވައި ބަނދަރު ހުޅުއްވައި ދެއްވާނެއެވެ.

މީގެ އިތުރުން ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް