އެޕަލްގެ އިވެންޓް އަންނަ މަހު 12ގަައި

އެޕަލް އިވެންޓުގެ ދައުވަތު ---

އެޕަލްގެ އުފެއްދުންތައް ލޯންޗު ކުރުމަށް ބާއްވާ އިވެންޓް އަންނަ މަގު 12 އަށް ތާވަލު ކޮށްފިއެވެ.

އެޕަލްގެ އިވެންޓުގެ ދައުވަތު މިހާރު ފޮނުވާފައިވާއިރު މި އިވެންޓުގައި ތިން އައިފޯނަކާއި އެޕަލް ވޮޗް އަދި ވަޔަލެސް ޗާޖިން ޑިވައިސް ލޯންޗު ކުރާނެ ކަމަށް ބެލެވެއެވެ.

ވިޔަފާރީގެ ވާހަކަތައް ގެނެސްދޭ ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލް އިން މި އަހަރު ތިން ރޭންޖެއްގެ އައިފޯނު ނެރޭނެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ނެރުނު އަގުބޮޑު އައިފޯނު އެކްސްގެ އަޕްގްރޭޑެޑް ފޯނަކާއި އަގުހެޔޮ އައިފޯނެއްގެ އިތުރުން "ހައި އެންޑް" އައިފޯނެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިފޯނު އެކްސްގެ އަޕްްރޭޑެޑް ފޯނުގައި 5.8 އިންޗި ހުންނާނެ ކަމަށާއި ހައިއެންޑް ފޯނުގައި 6.5 އިންޗި ހުންނާނެ ކަމަށް ބެލެވެއެވެ. އަދި އަގުހެޔޮ އައިފޯނަކީ އައިފޯނު އެކްސް އަކާ ވައްތަރު 6.1 އިންޗީގެ ފޯނެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަގުހެޔޮވާނެ ކަމަށް ބެލެވޭ ފޯނަކީ ޑުއަލް ސިމް ސަޕޯޓު ކުރާނެ، ގިނަ ކުލަތަކަކުން ގަންނަން ލިބޭނެ ފޯނެއް ކަމަށް ވެސްވެއެވެ. ތިން ފޯނުގައި ވެސް ފޭޝަލް ރިކޮގްނިޝަން ހިމަނާނެއެވެ. މި ފޯނުތަކަށް ދޭނެ ނަމާމެދު އަދި މާބޮޑު ބަހުސެއް ނުކުރެވުނު ނަމަވެސް ހައި އެންޑް އައިފޯނަށް ދޭނެ ނަމަކީ އައިފޯނުއެސްއެސް ޕްލަސް ކަމަށް ބެލެވެއެވެ.

https://sun.mv/109858

އެޕަލްގެ ދައުވަތުގައި މިފަހަރު ހިމަނާފައިވަނީ ރަންވަންލޯ ކުލައިގެ ވަށްބުރު ތަކެކެވެ. މިއިވެންޓު އޮންނާނީ ކެލިފޯނިއާގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައެވެ.

އައިފޯނުތަކުގެ އިތުރުން އެޕަލްގެ މެކްބުކް އެއާ އަދި މެކްބުކް މިނީއަށް ބަދަލު ތަކެއް ގެނެސް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އައިޕެޑަށް ވެސް ބަދަލުތަކެއް ގެނެސް އިއުލާނު ކުރާނެ ކަމަށް ވެއެވެ.

comment ކޮމެންޓް