ގިނަ ފޮލޯވަރުން ތިބޭ މީހުންނަށް އިންސްޓަގްރާމު އެކައުންޓް ވެރިފައިކޮށްދެނީ

އިންސްޓަގްރާމް އެޕްލިކޭޝަން ----

އިންސްޓަގްރާމުގައި ގިނަ ފޮލޯވަރުން ތިބޭ ޔޫޒަރުންނަށް އެމީހުންގެ އެކައުންޓް ވެރިފައިކުރަން ފަސޭހަ ކޮށްދީފިއެވެ.

އިންސްޓަގްރާމުން ގެނައި މި ބަދަލާއެކު ޚާޢްސަ ފޯމެއް މެދުވެރިކޮށް އެކައުންޓް ވެރިފައިކޮށްދިނުމަށް އެދެވޭނެއެވެ. މީގެ ކުރިން އެކައުންޓް ވެރިފައި ކުރުމަށް ގިނަ ފައިސާ އާއި ވަގުތު ހޭދަކުރަން ޖެހެއެވެ.

އެކައުންޓް ވެރިފައިކުރަން ބޭނުންވާމީހުން އިންސްޓަގްރާމު ޕްރޮފައިލަށްގޮސް، ސެޓިންގްސް އޮޕްޝަން ހިޔާރު ކުރުުމަށްފަހު ވެރިފައި ކުރަން ބޭނުންކަމަށް ބުނާ އޮޕްޝަންއަށް ދާށެވެ. އެއާއެކު ދެން އަންނަ މައުލޫމާތު ފުރިހަމަކޮށްލުމުން ނިމުނީއެވެ. ވެރިފައި ވާނަމަ ނުވަތަ ނޫންނަމަވެސް އިންސްޓަގްރާމުން އަންގާނެއެވެ.

މީގެ އިތުރުން އިންސްޓަގްރާމުން އަންނަނީ އެ ޕްލެޓްފޯމުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށް ބަދަލުތަކެއް ގެންނަމުންނެވެ.

ގިނަ ފޮލޯވަރުން ތިބޭ އެކައުންޓުތަކަށް އިންސްޓަގްރާމުންދަނީ އެމީހުންނަސް ޚާއްސަ ފީޗާތައް ތައާރަފު ކުރަން ނިންމާފައިވާކަން ނޮޓިފިިކޭޝަނެއްގެ ޒަރިއްޔާއިން އަންގަމުންނެވެ.

comment ކޮމެންޓް