ހިލަރީ ސްވޭންކް ކައިވެނިކޮށްފި

ހިލަރީ ސްވޭންކް އަދި ފިލިޕް ޝްނެއިޑާ---

"މިލިއަން ޑޮލާ ބޭބީ" އިން އޮސްކާ އެވޯޑް ހާސިލްކުރި ކާމިޔާބު ބަތަލާ ހިލަރީ ސްވޭންކް ދެވަނަ ކައިވެންޏެއް ކޮށްފި އެވެ.

އުމުރުން 44 އަހަރުގެ ހިލަރީ މިފަހަރު ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ފިލިޕް ޝްނެއިޑާއާ އެވެ. ހިލަރީގެ ކައިވެނި ހަފްލާ މި މަހު 18 ވަނަ ދުވަހު ކެލެފޯނިއާގައި ބޭއްވި ނަމަވެސް ހިލަރީ ކައިވެނިކުރިކަން މީޑިއާ އާ ހިއްސާކޮށްފައި ވަނީ ދާދި ފަހުންނެވެ.

ހިލަރީ ބުނީ ފިލްޕް އާއި ކައިވެނިކުރުމަކީ އަބަދު ވެސް ބޭނުންވި ކަމެއް ކަމަށާއި އެކަން ހާސިލްވުމުން އުފާވާ ކަމަށެވެ.

"ދިރިއުޅުމުގައި މި ފެށުނީ މުޅިން އާ ދަތުރެއް. ނެގުނު ފިޔަވަޅާ މެދު ވަރަށް ހިތްހަމަޖެހޭ،"

ހިލަރީ އާއި ފިލިޕް އެންގޭޖްވެފައި ވަނީ ވެސް ސިއްރުންނެވެ. ފިލިޕް އަކީ ސޯޝަލް ވެލްފެއާ އަށް މަސައްކަތް ކުރާ ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކޮށްފަ އެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ހިލަރީ އާއި ފިލިޕް ދިމާވީ "ބްލައިންޑް ޑޭޓް" އަކުންނެވެ.

ހިލަރީ އާއި ފިލިޕް އެންގޭޖްވެފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. އެމެރިކާގެ އެކްޓަރު އަދި ޑައިރެކްޓަރު ޗާޑް ލޯވްއާ ހިލަރީ ކުރިން ކައިވެނިކުރި ނަމަވެސް އެ ކައިވެނި ވަނީ 2007 ވަނަ އަހަރު ރޫޅިފަ އެވެ. އެ ދެތަރިން ކައިވެނިކޮށްފައިވީ 1997 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް