ރަންވީރާއި އެކު މަސައްކަތް ކުރަން ލަސް ވެއްޖެ: ކަރީނާ

ކަރީނާ އާއި ރަންވީރު: ތަޚްތުން އެ ދެ މީހުން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެން ދާނެ.

ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ތަޚްތު"ގެ މަސައްކަތް އަދި ނުފެށެ އެވެ. ނަމަވެސް، ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ބޮޑު އިންތިޒާރެއް ކުރަމުންނެވެ.

ބެލުންތެރިން ކެތްމަދުވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަ ފަހަރަށް ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި މިހާރު ބޮލީވުޑްގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ރަންވީރު ސިންގ އެކުގައި އެ ފިލްމުން ފެނިގެން ދާނެ އެވެ.

މީގެ ކުރިން ކަރީނާ ވަނީ ރަންވީރާ އެކު މަސައްކަތް ކުރުމަށް ލިބުނު ތިން ފުރުސަތެއް ދޫކޮށްލައިފަ އެވެ. އެއީ "ރާމް ލީލާ"، "ބާޖީރާއޯ މަސްތާނީ" އަދި "ދިލް ދަޅަކްނޭ ދޯ" އެވެ.

ނަމަވެސް، ކަރީނާ މިހާރު ހުރީ ރަންވީރާ އެކު މަސައްކަތް ކުރަން ކެތްމަދުވެފަ އެވެ. ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ރަންވީރުގެ ނަން ހިމަނަމުން ކަރީނާ ބުނީ، ދެމީހުން އެކުގައި އެންމެ ފަހުން މަސައްކަތް ކޮށްލަން ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ.

"އެހާ ގިނަ އަހަރުތަކަކަށް ފަހު ރަންވީރާ އެކު މަސައްކަތް ކޮށްލަން ލިބުމުން ވަރަށް އުފާވޭ. އެކަމަށް މިހާރު ލަސް ވެސް ވެއްޖެ،" ކަރީނާ ބުންޏެވެ.

ރަންވީރާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ފަޚުރެއް ކަމަށް ކަރީނާ ބުންޏެވެ.

"ތަޚްތު" އަކީ ކަރަންގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމެވެ. އަދި އެއީ ކަރަން އުފައްދާ ފުރަތަމަ އެޕިކް މެއެވެ.

މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު، ކަރީނާ، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.

comment ކޮމެންޓް