ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަލިފުއްޓަށެވެ. އެ ދަތުރުފުޅުގައި އެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން އެ އަތޮޅު ހުޅުދުއްފާރުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހު ކޮށްދެއްވުމަށާއި، ރ. އިންނަމާދޫއާއި އިނގުރައިދޫގެ ބަނދަރު ހުޅުވައިދެއްވުމުގެ އިތުރުން ރ. މީދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށްރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ނ. މާފަރު އެއާޕޯޓު ހުޅުއްވައި ދެއްވުމަށް މާފަރަށްވެސް ރައީސް ޔާމީންގެ ދަތުރުފުޅުގައި ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.