އިންޑަސްޓްރިއަލް ވިލެޖުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް ހަދަނީ

އިންޑަސްޓްރިއަލް ވިލެޖު: އެ ސަރަހައްދުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް އަޅާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި --- ފޮޓޯ/ އެމްޓީސީސީ

މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކް ކުރުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރަމުން އަންނަ ކަމަށެވެ.

ޕާކިން ސިސްޓަމްތައް ހެދުމުގައި ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފައިވާ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެ މަސައްކަތްތައް ލަސްވެފައިވަނީ ޕާކިން ސިސްޓަމްތައް ހެދުމަށް ހަވާލުކުރި ކުންފުނިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އަދި އެ ކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރަމުން އަންނަކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް އަޅަން މިހާރު ވަނީ ނިންމާފައި ކަމަށެވެ.

comment ކޮމެންޓް