ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އެންގޭޖުވެއްޖެ

ޕްރިޔަންކާ އާއި ނިކްޖޯނަސް ----

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ރަސްމީކޮށް އެންގޭޖުވެއްޖެ އެވެ.

މިދިޔަ މަހު ފަހަގަކުރި ޕްރިޔަންކާގެ އުފަންދުވަހު މިދެތަރިން ސިންރުން އެންގޭޖުވިކަމަށް ބުނެ ވަނީ ވާހަކަ ދެކެވިފައެވެ.

މިއަދު ރަސްމީކޮށް ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުމެންޓް ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގައި މިފަދަ ހަފްލާތައް ކުރިއަސް ގެންގޮސް އުޅޭ ސްޓައިލަށެވެ. މި ހަފްލާ ބާއްވާފައިވަނީ ޕްރިޔަންކާގެ ގޭގައެވެ. ޕްރިޔަންކާ އާއި ނިކްގެ އިތުރުން ނިކްގެ މައިންބަފައިންނާއި ދެ ބޭބެވެސް ހަފްލާގައި ބައިވެރިވީ އިންޑއާގެ ސަގާފަތުގައި މި ފަދަ ހަފްލާތަކުގައި އުޅޭފަދަ ހެދުމުގަ އެވެ.

ވެސްޓާން ސްޓައިލަށް، މިރޭ އެންގޭޖުމެންޓު ޑިނާ އެއް އޮންނާނެ އެވެ. ޑިނާ ޕާޓީ ބާއްވާ ހޮޓަލުން 200 ރޫމް ވަނީ ބުކްކޮށްފަ އެވެ. ހަފްލާގައި ރަންވީރު ސިންހް، ކަރަން ޖޯހަރު އަދި ރަވީނާ ތަންޑަން ފަދަ މަޝްހޫރު ތަރިން ބައިވެރިވާނެ އެވެ. އަދި ޕްރިޔަންކާގެ ދެބެއިންގެ ދެދަރި ކޮއްކޮ، ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި ޑިޒައިނަރު މަނީޝް މަލޯތްރާ ވެސް މިރޭގެ ކެއުމުގައި ބައިވެރިވާނެ އެވެ.

އެންގޭޖުމެންޓް ހަފްލާ އަށް ފަހު ޕްރިޔަންކާ އާއި ނިކް ވަނީ ދެމީހުންގެ ފޭނުންނަށް އެ ހަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

ހަބަރުތައް ބުނާގޮތުން އަންނަ މަހުގެ 16 ގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރާނެއެވެ. ކައިވެނިގެ ހަފްލާވެ ސް ކުރިއަށް ގެންދާނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް