ދިރާގުން އީދާ ދިމާކޮށް ބޮޑު ޑޭޓާ ޕެކޭޖުތަކެއް!

ދިރާގު ރީބްރޭންޑްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ބޮޑު އީދާ ދިމާކޮށް، "ބޮޑު ޑޭޓާ"ގެ ނަމުގައި ޚާއްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، އެ ޑޭޓާ ޕެކޭޖްތައް ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ އިތުރުން، އެ ކުންފުނިން ފަހުން ތައާރަފްކުރި އާ ޕްރިޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ނެގޭނެ ކަމަށެވެ.

ދިރާގުން ބުނީ އެ ޕެކޭޖްތައް ނަގާ މީހުންގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިމަހުގެ 30ގެ ނިޔަލަށް އެ ޕެކޭޖް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބޮޑު ޑޭޓާ ޕެކޭޖްތަކާއި ކީވާޑް:

  • ފަސް ޖީބީ - 250 ރުފިޔާ (EID5GB)
  • 10 ޖީބީ - 350 ރުފިޔާ (EID10GB)

އެ ޕެކޭޖުތައް ނެގޭނީ، ދިރާގު އެޕްގެ މެދުވެރިކޮށް، ނުވަތަ ގުޅައިގެންނާއި އެސްއެމްއެސް ކޮށްގެންނެވެ. ޕެކޭޖުތައް ނަގަން ގުޅަން ޖެހޭނީ #5*6*123* އަށެވެ. އދި އެސްއެމްއެސް ކުރަން ޖެހޭނީ ADD(space)Keyword ޖެހުމަށް ފަހު 344 އަށެވެ.

comment ކޮމެންޓް